ކުޅުދުއްފުށި ސިޓީގައި ރުކަކުން ވެއްޓި ހާލު ސީރިއަސްވެގެން ފަރުވާދެމުންދިޔަ މީހާ މިއަދު ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
މި ހާދިސާގައި ނިޔާވީ، ހދ. ނޭކުރަންދޫ، ކާމިނީގެ، ހުސައިން ޝިފާޒް، 36، އެވެ. އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ، އޭނާ ނިޔާވީ މިއަދު ހެނދުނު 9:28 ހާއިރުއެވެ.
މި މަހުގެ 16 ވަނަ ދުވަހު ހިނގި އެ ހާދިސާއަށް ފަހު މިދިޔަ ދެ ހަފުތާއެއްހާ ދުވަހު އޭނާއަށް ފަރުވާދިނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.
ކުޅުދުއްފުށި ހިރަފުސްދަނޑުގެ އިރުމަތީ ފަރާތުގައި ހުރި ރުއްތަކެއް ސާފުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް އޭނާ ވެއްޓުނީ ފަސްދޮޅަހަކަށް ފޫޓުގެ ރުކަކުން ކަމަށް މަޢުލޫމާތު ލިބެއެވެ.