ޚަބަރު

ރީތިގަސް ރެޒިޑެންސްގެ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ޖާގަތަކަށް ހުޅުވާލައިފި


  • ބުކްޝޮޕް ހިންގުމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ އަންނަމަހުގެ 5ވަނަ ދުވާހާހަމައަށް

  • ސެލޫން ޖާގައަށް އެދި ހުށަހެޅޭނީ އަންނަމަހުގެ 6ވަނަ ދުވަހަށް ހަމައަށް

  • ވެލްނެސް ސެންޓަރު ހިންގުމަށް އެދެވޭނީ އަންނަމަހުގެ 7ވަނަ ދުވަހާހަމައަށް

ހުޅުމާލެ ފޭސް 1ގައި ތަރައްޤީކޮށްފައިވާ ރީތިގަސް ރެސިޑެންސްގައި، ވިޔަފާރި ބޭނުންތަކަށް ދޫކުރާ ޖާގަތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރީތިގަސް ރެސިޑެންސް ފްލެޓުތައް ހުންނަ އިމާރާތުން ވިޔަފާރި ބޭނުންތަކަށް ތިން ޖާގައެއް ހުޅުވާލާފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ބުކްޝޮޕަކާއި، ސެލޫނަކާއި، ވެލްނެސް ސެންޓަރެއް ހިންގުމަށް ދޫކުރާ ޖާގައެވެ.

ވިޔަފާރި ބޭނުންތަކަށް ދޫކުރާ ޖާގަތަކުގެ ތަފްސީލް

• ބުކްޝޮޕް: 1031 އަކަފޫޓް
• ސެލޫން: 1463 އަކަފޫޓް
• ވެލްނެސް ސެންޓަރު: 1913 އަކަފޫޓު


ރީތިގަސް ރެސިޑެންސްގެ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ޖާގަތަކަށް ޝައުޤުވެރިވާނަމަ ޕްރޮޕޯސަލް ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

އެގޮތުން ބުކްޝޮޕް ހިންގުމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ އަންނަމަހުގެ 5ވަނަ ދުވާހާހަމައަށެވެ. އަދި ސެލޫން ޖާގައަށް އެދުމުގެ ފުރުސަތު އަންނަމަހުގެ 6ވަނަ ދުވަހަށް ހަމަވާއިރު، ވެލްނެސް ސެންޓަރު ހިންގުމަށް އެދެވޭނީ އަންނަމަހުގެ 7 ވަނަ ދުވަހާހަމައަށެވެ.

"ރީތިގަސް ރެސިޑޭންސް" ފްލެޓްތަކަކީ އެޗްޑީސީގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހިންގި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ތެރެއިން، 6 ޓަވަރެއްގައި 459 އެޕާޓްމަންޓް ހަދާފައިވެއެވެ.