ޚަބަރު

54 އަހަރުވީ އަމިއްލަ ރެކޯޑް ބަޔާނުން މުގުރާލަނީ


ޖަރުމަނު ބުންޑަސް ލީގާގައި ބަޔާން މިއުނިކަށް ލިބިފައިވާ ގޯލު ޖެހުމުގެ ރެކޯޑް 54 އަހަރު ފަހުން މުގުރާލަން އެ ޓީމުން ތައްޔާރުވެއްޖެ އެވެ.

ޖަރުމަނު ލީގުގައި ޕައުލީ އަތުން 5-0އިން ބަޔާން މމޮޅުވި މެޗުގައި ޖެހި ގޯލުތަކާއެކު އެ ޓީމުން މި ސީޒަނުގައި ޖަހާފައިވާ ގޯލުގެ އަދަދު ވަނީ 101 އަށް އަރައިފަ އެވެ. މިއީ 1971 އާއި 1972 ވަނަ އަހަރުގެ ސީޒަނުގައި ބަޔާނުން ޖެހި ގޯލާ އެއްވަރުގެ އަދަދެކެވެ. އަދި 54 އަހަރު ފަހުން މި އަދަދު ފަހަނައަޅައި ގޮސް އައު ރެކޯޑަކަށް ބަޔާން ވަނީ ތައްޔާރުވެ އެވެ.

މި ސީޒަނުގައި ބުންޑަސްލީގާ ގައި ބަޔާނަށް އެންމެ ގިނަ ގޯލު ޖަހާދީފައިވަނީ އިނގިރޭސި ކެޕްޓަން ހެރީ ކޭން އެވެ. އޭނާ 31 ގޯލު ޖަހާފައިވާއިރު ލިވަޕޫލް ދޫކޮށް މި ސީޒަނުގައި ބަޔާންއާ ގުޅުނު ކޮލަމްބިއާގެ ލުއިސް ޑިއާޒް ވަނީ 15 ގޯލު ޖަހައިފަ އެވެ. އަދި މައިކަލް އެލީސޭ ވަނީ 11 ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން ސާގް ގެނެބްރީ އަށް ގޯލު އަދި ލެނާޓް ކާލް ފަސް ގޯލު ޖަހާފައިވާއިރު މި ކުޅުންތެރިންނަށް އަދިވެސް އިތުރަށް ގޯލު ޖަހަން ފަސް މެޗު ބާކީ އެބައޮތެވެ.

ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ މި ސީޒަނުގައި ބަޔާންގެ ކުރިއަށް ކުޅޭ ކުޅުންތެރިން ފެންނަނީ ކުރިއަށްވުރެ އިތުބާރާއެކު ކަމަށެވެ.

"މިއީ އަހަރުމެން މި ސީޒަނުގައި ގިނަ ކާމިޔާބީތަކެއް ހޯދަން ލިބޭ ހިތްވަރެއް. ކުޅުންތެރިން ފޯމުގައި ތިބެ ލަނޑު ޖެހުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށްވާނެ،" ކޯޗު ބުންޏެވެ.