އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހި ރާއްޖެއާއި ޓިމޯ ލެސްޓޭ ކުޅޭ މެޗުގެ ޓިކެޓު ވިއްކަން ފަށައިއެވެ.
ގަލޮޅު ދަނޑުގައި ކުޅޭ މި މެޗު އޮންނާނީ އަންނަ އަންގާރަދުވަހުގެ ހަވީރެވެ.
މިމެޗުގެ ސިޑިބަރިން ޓިކެޓެއް ވިއްކަނީ 50 ރުފިޔާއަށެވެ އަދި ގޮނޑިބަރިން ޓިކެޓެއް ވިއްކަނީ 100 ރުފިޔާއަށެވެ.
އެފްއޭއެމުން ބުނީ ޓިކެޓް ވިއްކަނީ ހަމައެކަނި ގަލޮޅު ދަނޑުގެ ޓިކެޓް ކައުންޓަރުން ކަމަށެވެ. މިރޭ ޓިކެޓު ވިއްކުމްށްޚ ހަމަޖެހިފައިވަނީ 23:00އާ ހަަމައަށެވެ. އަދި މާދަމާ ހެނދުނު 10:00 އިން ފެށިގެންވެސް ޓިކެޓު ވިއްކާނެ ކަމަަށް އެފްއޭއެމުން ބުނެއެވެ.
މި މެޗަށް ދެޓީމުންވެސް އަންނަނީ ފަރިތަކުރަމުންނެވެ.
ރާއްޖޭ ޓިމުން ބުނީ މެޗަށް ކުމްތެރިން ފިޓް ކަމަށެވެ. އެހެންނަމަވެސް މި މެޗުގައި ރާއްޖެ ޓީމުގެ މުހިންމު ކުޅުންތެރިއެއްކަމަށްވާ، ވާތުގެ އަރިމަތިން ކުޅޭ ހަމްޒާ ރަޝީދު (ހަމްޕް) އަނިޔާގެ ސަބަބުން ނުކުޅޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ ރާއްޖެއިން ކޮލިފައިންގައި ނިކުންނަ ފަހުމެޗެވެ. މި މެޗަށް ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކުގައި ކުޅެފައިވާ ތަޖުރިބާކާރު ގިނަ ކުޅުންތެރިން ސްކޮޑުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުރީ ކެޕްޓަން އަލީ އަޝްފާގާއި އޮޑީގެ އިބްރާހިމް ވަހީދު (އިއްބެ) ފަދަ ވަރުގަދަ ކުޅުންތެރިން ހިމެނެއެވެ.
މެޗުގެ ކުރިން މާފަންނު ޓާފްގައި ބޭއްވި ފަރިތަކުރުމެއްގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޓިމޯ ލެސްޓޭގެ ކޯޗު ބުނީ ރާއްޖެގެ ސަޕޯޓަރުންގެ ސަބަބުން މި މެޗު އުނދަގޫވާނެ ކަމަށެވެ.
ޓިމޯ ލެސްޓޭގެ ހޯމް މެޗު ކުޅެފައިވަނީ މިދިޔަ އަހަރު އޮސްޓްރޭލިއާގައެވެ. އެ މެޗު ކާމިޔާބުކުރީ ޓީމޯ ލެސްޓޭއިންނެވެ.