ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދަކީ މި ޤައުމަށްޓަކައި ރެޔާއިދުވާލު ހިންމަތާއެކު ޚިދުމަތްކުރަމުންދާ ނޫ ލަޝްކަރުގެ ދުވަސްކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް އުފެދުނީއްސުރެ މިއަދާ ހަމަޔަށް އެކި ދުވަސްވަރު މަޤާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި ޢާއިލާއަށް ނުހަނު ލޯތްބާއެކު ތަހުނިޔާއާއި ޝުކުރު ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
ޜައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުންކަމަށެވެ. މި ޤައުމުގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދޭސީއަކާއި ބިދޭސީއަކަށްވެސް އަމާންކަމާއި އިތުބާރު ދިވެހިރާއްޖެއިން ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ ޒިންމާ އަދާކުރާ، ޤާބިލް ބަޔެއްގެ ގޮތުގައި ދެމިތިބުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ފެށިގެން އައީ 1932 ދިވެހި ރާއްޖޭގެ ފުރަތަމަ ޤާނޫނު އާސާސީގެ ތެރެއިން އެކުލަވާލެވުނު "ފުލުހު މީހުން" ޤާނޫނާއެކުއެވެ. ފުލުހުންގެ ޚިދުމަތުގައި އެންމެ ބޮޑު ބަދަލެއް އައީ ފުިލުހުންގެ ޚިދުމަތުގެ ޤާނޫނާ އެކުއެވެ. މި ޤާނޫނާއެކު އެމުއައްސަސާ ހިންގުމުގެ ފުރިހަމަ މިނިވަންކަން ފުލުހުންނަށް ކަށަވެރުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ފެށިގެން އައީ 1932 ދިވެހި ރާއްޖޭގެ ފުރަތަމަ ޤާނޫނު އާސާސީގެ ތެރެއިން އެކުލަވާލެވުނު "ފުލުހު މީހުން" ޤާނޫނާއެކުއެވެ. ފުލުހުންގެ ޚިދުމަތުގައި އެންމެ ބޮޑު ބަދަލެއް އައީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނާ އެކުއެވެ. މި ޤާނޫނާއެކު އެމުއައްސަސާ ހިންގުމުގެ ފުރިހަމަ މިނިވަންކަން ފުލުހުންނަށް ކަށަވެރުވިއެވެ.