ޚަބަރު

ވައިގެމަގުން އެތެރެކުރި 11 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި


  • މި ތަކެތީގެ މަގުމަތީ އަގަކީ 4،296،000 ދިވެހި ރުފިޔާ

  • މި ތަކެތީގެ ވަގުތީ ބަރުދަނަކީ 5370 ގްރާމް

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، މިމަހުގެ 20ވަނަ ދުވަހު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވާ ކަމަށެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވީ، އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ފަތް ކަމަށެވެ. އަދި އެ ތަކެތީގެ ބަރުދަނުގައި 5370 ގްރާމް ހުރި ކަމަށްވެސް ވިދާޅުވިއެވެ.

މި ތަކެތީގެ މަގުމަތީ އަގަކީ، 4،296،000 ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.