ރިސޯޓެއްގެ ޕޫލަކަށް ވެއްޓި 2 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލަށް ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މާރިޗު 20 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 އެހައިކަންހާއިރުއެވެ.
މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގެ ރިސޯޓެއްގެ ޕޫލަށް ވެއްޓި އެ ކުއްޖާ ގެނބިގެންންކަމަށް ފުލުހުން ވިދާޅުވެއެވެ. އެއީ ދިވެހި ފިރެހެން ކުއްޖެކެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.