ކުޅިވަރު

ގަދަ 16ގައި ރެއާލް އާއި ސިޓީ، ޕީއެސްޖީ އާއި ޗެލްސީ


ޔޫއޭފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި މެންޗެސްޓާ ސިޓީ އާއި ރެެއާލް މެޑްރިޑް ވާދަކުރަން ޖެހިއްޖެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕެރިސް ސެންޓް ޖަމައިން (ޕީއެސްޖީ) ވާދަކުރާނީ ދުނިޔޭގެ ޗެމްޕިއަން ކުލަބު އިނގިރޭސިވިލާތުގެ ޗެލްސީއާ އެވެ.

ބާސެލޯނާ ވާދަކުރަން ޖެހުނީ އިނގިރޭސިވިލާތުގެ ނިއުކާސަލްއާ އެވެ. އިނގިރޭސި ޗެމްޕިއަން ލިވަޕޫލް ވާދަ ކުރަން ޖެހުނީ ތުރުކިޔޭގެ ގަލަޓަސަރާއީއާ އެވެ. ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ވާދަ ކުރަން ޖެހުނީ އިޓަލީގެ އެޓްލާންޓާއާ އެވެ. އިނގިރޭސި ލީގުގެ އެއްވަނާގައި އޮތް އާސެނަލްއާ ކުޅެން ޖެހުނީ ޖަރުމަނުގ ބަޔާ ލެވަކޫސެންއާ އެވެ. އިނގިރޭސި ވިލާތުގެ ޓޮޓެންހަމް ނުކުންނާނީ ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

މި ގޮތަށް ގުރު ދިމާވުމުން ކުއާޓާ ފައިނަލުގައި ކުޅެން ޖެހޭނީ ޕީއެސްޖީ އާއި ޗެލްސީގެ މެޗުން މޮޅުވާ ބަޔަކާއި ލިވަޕޫޕާއި ގަލަޓަސަރާއީ ކުޅޭ މެޗުން މޮޅުވާ ބައެކެވެ. އަދި ރެއާލް އާއި ސިޓީ މެޗުން މޮޅުވާ ޓީމެއް ކުއާޓާގައި ކުޅޭނީ ބަޔާން ނުވަތަ އެޓްލާންޓާއާ އެވެ. މިހެންވެ މުބާރާތުގެ ފައިނަލަށް ދާނީ ރެއާލް އާއި ލިވަޕޫލް އަދި ސިޓީ އާއި ޗެލްސީ އާއި ޕީއެސްޖީ އާއި ބަޔާންކުރެ އެއް ޓީމެވެ.

އަނެއް ފަޅިން ފައިނަލަށް ދެވޭނީ ބާސެލޯނާ އާއި އެތްލެޓިކޯ އާއި ބޯޑޯ އާއި އާސެނަލް އާއި ލެވަކޫސެން ކުރެ ޓީމަކަށެވެ.

މުބާރާތުގުގެ ގަދަ 16ގެ ފުރަތަމަ ލެގު ކުޅޭނީ މާޗު މަހުގެ 10 އާއި 11 އަދި ދެ ވަނަ ލެގު ކުޅޭނީ މާޗު 17 އާއި 18ގަ އެވެ އެވެ.