ޚަބަރު

ލެއްޗޭ އަތުން ހޯދި މޮޅާއެކު އިންޓާއަށް 10 ޕޮއިންޓުގެ ލީޑެއް


  • މެޗުން އިންޓާ މޮޅުވީ 0-2 އިން

  • ދެ ލަނޑު ވެސް އިންޓާއިން ޖެހީ ދެވަނަ ހާފުގައި

  • އިންޓާއަށް 26 މެޗުން 64 ޕޮއިންޓު ލިބިފައިވޭ

އިޓާލިއަން ލީގުގައި ލެއްޗޭގެ މައްޗަށް ހޯދި މޮޅާއެކު ލީގު ލީޑަރުން ކަމުގައިވާ އިންޓާ މިލާނުން ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

ލެއްޗޭގެ ލަނޑުގައި ކުޅުނު މި މެޗުން އިންޓާ މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. އިންޓާ އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންގޮސްފައެއް ނުވެއެވެ.

އިންޓާއިން މެޗުގައި ދެ ލަނޑު ވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން ފުރަތަމަ ލަނޑު، މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހެންރިކް މިކިތާރިއަންއެވެ.

އިންޓާއިން ދެވަނަ ލަނޑެއްޖަހައި ލީޑުފުޅާކުރީ އޭގެ ހަތް މިނެޓުފަހުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެނުއެލް އަކާންޖީއެވެ.

މި މޮޅާއެކު އިންޓާ، ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 26 މެޗުން 64 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް 25 މެޗުން ލިބެނީ 54 ޕޮއިންޓެވެ. މެޗުން ބަލިވި ލެއްޗޭ އޮތީ 26 މެޗުން 24 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގައެވެ.