އޭއެފްސީ ޗެމްޕިއަންސް ލީގުގައި އެކުވެރި އަރަބި އިމާރާތުގެ އަލް ވަޙްދާގެ މައްޗަށް އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ސައުދީގެ ކިންގްޑަމް އެރީނާގައި ކުޅުނު މި މެޗުން އަލް ހިލާލް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. ޔޫރަޕުގައި ކުޅުނު ގިނަ ކުޅުންތެރިންތަކަކާއެކު އިތުބާރާއެކު މުބާރާތުގައި ކުޅެމުން އަންނަ ހިލާލް އިން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއްޖަހައި ލީޑުނަގާފައެވެ.
ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑާވިން ނުނޭޒް އެވެ.
މި ހާފު ނިމުމުގެ ކުރިން ވަޙްދާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.32 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރަހީމާ ޑިއާރާއެވެ.
މެޗުން އަލް ހިލާލް މޮޅުވި ލަނޑު، ދެވަނަ ހާފުގައި، މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޑާވިން ނުނޭޒްއެވެ. މި މޮޅާއެކު އަލް ހިލާލް ލީގު ތާވަލުގެ އެއްވަނައިގައި އޮތި އަށް މެޗުން 22 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސައުދީގެ އަލް އަހްލީއަށް އަށް މެޗުން ލިބެނީ 17 ޕޮއިންޓެވެ.