ޚަބަރު

ރޯވި މަސްދޯނީގައި ތިބި މީހުން މާލެ ގެންނަނީ


  • ރޯވީ 15 މީހުންނާއެކު ދޫނިދޫ ކައިރިން ދަތުރު ކުރި މަސް ދޯންޏެއްގައި

  • އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލްކޮށްފައި

15 މީހުންނާއެކު ދަތުރު ކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، 15 މީހުންނާއެކު ކ.ދޫނިދޫ ކައިރިން ދަތުރު ކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަަމަށެވެ.

ފުލުހުން ވިދާޅުވީ، ކުރުބާ މޯލްޑިވްސް ރިސޯޓް ކައިރިން މަސް ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދުގެ މެންދުރު 14:54 ހާއިރު ލިބިފައިވާ ކަމަަށެވެެ. މި ހާދިސާއާއި ގުޅިގެން ފުލުހުންވެސް މިސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވިއެވެ. މައުލޫމާތުލިބޭ ގޮތުގައި ދޯނީގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްވެފައެވެ.

އަދި ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމަށްޓަކައި ކުރުބާ މޯލްޑިވްސްގެ އުޅަނދެއްގައި ދަތުރު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.