ކުޅިވަރު

ފަރްހާންގެ ބައިސައްތައިން ޕާކިސްތާން ހަމަޖެހިލައިފި


ޝަހިބްޒާދާ ފަރްހާންގެ ބައިސައްތައިން 32 ލަނޑުން އެމެރިކާ ބަލިކޮށް ޕާކިސްތާން ހަމަޖެހިލިފައިފި އެވެ.

ލަންކާ އާއި އިންޑިޔާގައި ކުޅެމުންދާ ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި ލަންކާގެ ސިންހަލީސް ސްޕޯޓްސް ކުލަބުގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ކުޅެން ނުކުމެ ޕާކިސްތާން ނިންމާލީ ނުވަ ކުޅުންތެރިން ނުބައިވެގެން 190 ލަނޑަށެވެ. ފަރްހާން ބައިސައްތަ ހަމަކުރިއިރު ކްރިޝްނަ މުރުތީ އަށް އޭނާގެ ވިކެޓް ވައްޓާލެވުނީ 73 ލަނޑު ހަމަކުރި ފަހުންނެވެ. ޕާކިސްތާނުން ދެން އެންމެ ރަނގަޅަށް ކުޅުނީ 46 ލަނޑު ހެދި ބާބަރް އަޒަމް އާއި 30 ލަނޑު ޖެހި ސަދަން ހާން އެވެ.

އެމެރިކާ ޓީމުން އެންމެ ރަނގަޅަށް އުކީ ހަތަރު ވިކެޓް ނެގި ވޭން ޝާލްކެވީކެވެ.

އެމެރިކާއިން ކުޅެނ ނުކުމެ 20 އޯވަރުގެ ތެރޭގައި ހެދުނީ އަށް ކުޅުންތެރިން ނުބައިވެގެން 158 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 49 ލަނޑު ހެދި ޖަހަންގީރް އާއި 51 ލަނޑު ހަދައި ބައި ސައްތަ ފުރިހަމަ ކުރި ރަންޖާން އެވެ. ޕާކިސްތާނުން އެންމެ ރަނގަޅަށް އުކާފައިވަނީ ތިން ވިކެޓް ނެގި އުސްމާން ތާރިގް އާއި ދެ ވިކެޓް ނެގި ސަދަބެވެ.

މިއީ މުބާރާތުގައި ޕާކިސްތާން މޮޅުވި ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ގައުމު މޮޅުވީ ނެދަލޭންޑްސް އަތުންނެވެ. ކުރި އަށް އޮތީ އާދިއްތަ ދުވަހު އިންޑިޔާއާ އެކު ކުޅޭ މެޗެވެ.

މުބާރާތުގައި ރޭ ނެދަލޭންޑްސް އާއި ނެމީބިއާ ކުޅުނު ހަތް ވިކެޓުން ކާމިޔާބު ކުރީ ނެދަލޭންޑްސް އެވެ. އަދި ނިއުޒީލޭންޑް މޮޅުވީ ޔޫއޭއީ އަތުން 10 ވިކެޓުންނެވެ.