ކުޅިވަރު

20 ލަނޑުން ލަންކާ ވެސް ފެށުން ރަނގަޅު ކޮށްފި


ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި އަޔަލޭންޑް 20 ލަނޑުން ބަލިކޮށް ސްރީލަންކާ ވެސް ފެށުން ރަނގަޅު ކޮށްފި އެވެ.

އިންޑިޔާ އާއި ލަންކާގައި ކުރިއަށްދާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ލަންކާ ނިންމީ ބެޓް ކުރުމަށެވެ. 20 އޯވަރު އެ ގައުމުން ނިންމާލީ 163 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ކުޅެން ނުކުމެ އަޔަލޭންޑަށް ހަމަކުރެވުނީ އެންމެން ނުބައިވެން 143 ލަނޑެވެ.

މި މެޗުގައި ލަންކާއިން އެންމެ ރަނގަޅަށް ބެޓް ކުރީ ބައިސައްތަ ހެދި ކަސުލް މެންޑިސް އެވެ. ނުބައި ނުވެ އޭނާ ވަނީ 56 ލަނޑު ހަދައިފަ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ 44 ލަނޑު ހެދި ހަމިންދޫ މެންޑިސް އެވެ.
އަޔަލޭންޑްގެ ބެރީ މެކްކާތީ އާއި ޖޯޖް ޑޮކްކްރެލް ކޮންމެ ކުޅުންތެރިއަކަށް ދެ ވިކެޓް ނެގިއިރު ލަންކާގެ މަހީޝް ތީކްސާނާ އާއި ވަނިންދޫ ހަސަރަންގާ ކުރެ ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

މި މުބާރާތުގައި ލަންކާއާއެކު ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި އޮމާނާއި ޒިމްބާބުވޭ އާއި އަޔަލޭންޑެވެ. މުބާރާތުގް ގްރޫޕް ސްޓޭޖަށް ފަހަނައަޅައި ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯޑާ ދެ ޓީމެވެ.