ރާއްޖޭގައި ބާއްވާ އެންމެ ހައިބަތުބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ސެމީ ފައިނަލުން، ހދ. ނައިވާދޫއިން ޖާގަހޯދައިފިއެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލުގައި ނައިވާދޫ ނުކުތީ އއ. މަތިވެރިއާ ދެކޮޅަށެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުން ނައިވާދޫ މޮޅުވީ 2-4 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ނައިވާދޫގެ ލަނޑުތައް ޖަހައިދިނީ ޔާމީން މުޙައްމަދުއާއި ހުސެއިން މައިޝަންގެ އިތުރުން މުޙައްމަދު އަސްލަމާއި އަޙްމަދު ހަމީދު (އައްމަޑޭ) އެވެ.
މެޗުގައި މަތިވެރީގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ފިރުޒާން އަބްދުލް ޣަފޫރާއި މުޙައްމަދު ޝަފުރާޒެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫގެ އަޙްމަދު ހަމީދެވެ.
މި މޮޅާއެކު ނައިވާދޫއިން މުބާރާތުގެ ސެމީއަށް ދަތުރުކުރިއިރު ސެމީގައި އެ ޓީމު ކުޅޭނީ ބ. އޭފަފުއްޓާ ދެކޮޅަށެވެ.