2024ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކޮސް ނުދައްކާ 25 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.
އެ އިދާރާއިން ވިދާޅުވީ، އާންދަނީއިން ނާގާ ޓެކުހުގެ އަދަދު އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ފަރާތްތައް ކަމަށެވެ.
ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދެވިފައިވާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އެ ފަރާތްތަކަށް އެކަން އަންގާފައިވާނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
ދަޢުލަތަށް ދައްކަންޖެހި ނުދައްކާފައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާއގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅާފައިވާ އިތުރު ފިޔަވަޅުތައްވެސް އެއްވެސް ތަފާތުކުރުމެއް ނެތި އަޅަމުންދާނެ ކަމަށްވެސް މީރާއިން ވިދާޅުވިއެވެ.
އެހެންކަމުން، މިހާތަނަށްވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމާއި، ޓެކްސް ނުދައްކާ ފަރާތްތަކުން ލަސް ނުކުރައްވާ ޓެކްސް ދެއްކުމަށް ނުވަތަ މީރާއާއެެކު ޓެކްސް ދެެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މިރާއިން ވަނީ އިލްތިމާސްކޮށްފައެވެ.