ޚަބަރު

ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕް: އިޔަން ދެވަނަ ބުރަށް


  • އިޔަން ވަނީ ފުރަތަމަ ބުރުގަައި ވާދަކޮށަ ދެވަނަ ހޯދާފަ

  • ދެވަނަ ބުރުގަައި އިޔަން ވާދަކުރާނީ ފްރާންސް އަދި އެމެރިކާގެ އެތުލީޓުންނާ

މޮރޮކޯގައި ކުރިޔަށްދާ ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޖޫނިއަރ އެތުލީޓު އިޔަން އަހުމަދު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އޯޕަނިން ރައުންޑްގައި ވާދަކޮށް އިޔަން ވަނީ ރަނގަޅު ވާދައެއް ކޮށްފައެވެ. އޭނާ ވަނީ ފުރަތަމަ ބުރުގެ ދެވަނަ ހޯދާފައެވެ. ޖޫނިއަރ މެންސް ޑިވިޝަންގެ ފުރަތަމަ ބުރުގައި އިޔަން ވާދަކުރީ ހީޓް އަށެއްގައެވެ. އެންމެ ރަނގަޅަށް ސްކޯ ކުރެވުނު ދެ ރާޅަށް އިޔަންވަނީ 3.50 އަދި 1.94 ގެ ސްކޯއެއް ހޯދާފައެވެ. ދެވަނަ ބުރުގައި އިޔަން ވާދަކުރަނީ ހީޓް ތިނެއްގައެވެ.

މި ހީޓްގައި ވާދަކުރަނީ އެމެރިކާގެ ޑޭވީ އެންޑަސަން އާއި ފްރާންސްގެ ލޫކާ ޒަނިންޓޯ އާއި ފްރާންސްގެ ކްރިސްޓް މައެލާން އާއި އިޔަންއެވެ.