ޚަބަރު

ޣައްޒާގެ ކުރިމަގާމެދު މަޝްވަރާ ކުރުމަށް އެމެރިކާއިން ނަތަންޔާހޫއާ ބައްދަލުކުރަނީ


ޣައްޒާގެ ކުރިމަގާ ގުޅޭ ގޮތުން ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު މަޝްވަރާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބުން، ސްޓީވް ވިޓްކޮފްއާއި ޖެރެޑް ކުޝްނާ ޔަހޫދީ ދައުލަތަށް ދަތުރުކޮށްފިއެވެ.

ބެލެވޭ ގޮތުގައި މަޝްވަރާތަކުގައި ސަމާލުކަން ދޭނީ “ނިއު ޣައްޒާ”ގެ ގޮތުގައި ޣައްޒާ އަލުން އާރާސްތުކުރުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށެެވެ. އެ ގޮތުން މީހުން ދިރިއުޅޭ އުސް އިމާރާތްތަކާއި ޑޭޓާ ސެންޓަރުތަކާއި ރިސޯޓުތައް ބިނާ ކުރުމަށް އެމެރިކާއިން ހުށަހަޅާފައިވެއެވެ. އެ ހުށަހެޅުމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަަމަލުކުރަން ފަށާފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް ބާރު ދިނުމުގެ ގޮތުން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.

ނަމަވެސް ޔަހޫދީން ދަނީ އެ އެއްބަސްވުމަށް ތަކުރާރުކޮށް ޚިލާފުވަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީންގެ ޙަމަލާތަކުގައި ޣައްޒާގެ ތިން ރައްޔިތުން ޝަހީދުވެފައިވެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން މިހާތަނަށް 71،654 މީހުން ޝަހީދުކޮށްލާފައިވާއިރު، އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޝަހީދުކޮށްލި މީހުންގެ ޢަދަދު ވެސް 500އާ ގާތްކުރެއެވެ.