ޚަބަރު

ވީއައިއޭގައި ހަމަނުޖެހުން ހިންގި މައްސަލައެއް ބަލަނީ


  • ތުހުމަތުކުރެެވޭ މީހުން ވަނީ ފުލުހަށް ހާޒިރުކޮށް ނަސޭހަތް ދީފައި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ވީއައިއޭގެ ޓެކްސީ ކިއުގައި ހަމަނުޖެހުން ހިންގި މައްސަލައެއް ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓެކްސީ ކިއު ސަރަޙައްދުގައި ދެ ބައެއްގެ ދެމެދު ހަމަނުޖެހުން ހިންގާ، ޒުވާބުކުރި ކަމުގެ މަޢުލޫމާތު މިމަހުގެ 9 ވަނަ ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

އަދި ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ފުލުހަށް ހާޒިރުކޮށް، މަޢުލޫމާތު ސާފުކޮށް ނަސޭހަތްދީފައިވާ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.