ކުޅިވަރު

ތިޔަ ހީކުރާހާ ފައިސާއެއް ލިވަޕޫލަކު ނެތް: ކޯޗު


މީހުން ހީކުރާހާ ފައިސާއެއް ލިވަޕޫލްގައި ނެތް ކަމަށް އެ ޓީމުގެ ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ.

އޭނާ މިހެން ބުނީ ކުރިއަށް ޖެނުއަރީ ޓްރާންސްފާގައި ލިވަޕޫލުން އަނެއްކާ ވެސް މޮޅު ކުޅުންތެރިން ހޯދާނެ ކަމަށް ދެކެވޭ ވާހަކަތަކާމެދު ސުވާލު ކުރުމުންނެވެ. އެ ޓީމުން ވަނީ މި ސީޒަން ފެށުމުގެ ކުރިން ކުޅުންތެރިތަކެއް ގަތުމަށް 450 މިލިއަން ޑޮލަރު ހަރަދު ކޮށްފަ އެވެ. މީގެ ތެރެއިން ދެ ކުޅުންތެރިއަކަށް އެކަނި ވެސް 250 މިލިއަން ޑޮލަރު ހަރަދު ކުރި އެވެ.

ނަމަވެސް ލިވަޕޫލަށް ވަނީ އަނިޔާގެ މައްސަލަތަކާއި ބައެއް ޑިޕާޓްމަންޓްތަކުގެ އުނިކަމުގެ އިހުސާސް ކުރެވެން ފަށައިފަ އެވެ.

"މީހުން ހީކުރާ ފައިސާއެއް އަހަރުމެން އަތަކު ނެތް. އަހަރުމެންނަށް ހުސް ޗެކެއް ލިބިފައިނެތް. އަހަރުމެންނަށްވުރެ މާ މުއްސަނދި ކުލަބުތައް ބައިވަރު. މީގައި މުހިންމީ ފައިސާތަކެއް ހޭދަކުރުމެއްނޫން. ވިސްނުންތެރިކަމާއެކު ހަރަދު ކުރުން. މި ގޮތުން އަހަރުމެން ޖެނުއަރީގައި ހޭދަ ކުރާނެ ކަމަށް ގިނަ ބަޔަކު ދެކުނަސް އެއީ ރަނގަޅު ވާހަކައެއްނޫން،" ސްލޮޓް ބުންޏެވެ.

ނަމަވެސް ލިވަޕޫލުން ޑިފެންޑަރަކާއި ފޯވަޑެއް މަސައްކަތް ކުރާ ކަމަށް ދެކެވޭ ވާހަކަ ސްކޮޓެއް ދޮގެއް ނުކުރެ އެވެ. ލިވަޕޫލަށް ފޯވަޑުންގެ މައްސަލަ ދިމާވެގެން އުޅެނީ 150 މިލިއަނަށް އިނގިރޭސި ރެކޯޑް ފީއަކަށް ގެނައި އެލެގްޒެންޑާ އިސާކަށް އަނިޔާވެފައިވުމާއި މިސުރުގެ ފޯވަޑް މުހައްމަދު ސަލާހްގެ ފޯމު ކަޓާފައިވާތީ އެވެ. ޓީމުގައި ޔަގީންކަމާއެކު ކުޅޭނެ ކުޅުންތެރިއަކަށް ހުރީ ފްރާންސްގެ ފޯވަޑް ހޫގޯ އެކިޓިކޭ އެވެ.