ޚަބަރު

ރާއްޖެއިން ދިން ފުރުސަތަށް ކިރްގިސްތާން ޓީމުން ޝުކުރުއަދާކޮށްފި


  • ކުޅުމަށަވުރެ ބޮޑަށް ރާއްޖޭގެ ގުދުރަތީ ރީތިކަން ތަޖުރިބާ ކޮށްލެވުމަކީ މާބޮޑު އުފަލެއް

  • ހުރިހާ އިންތިޒާމްތަކެއް ވަރަށް ފުރިހަމަ

‎ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން، ކާވާގެ އަންހެން މުބާރާތް ރާއްޖޭގައި ބޭއްވުނީ ރާއްޖޭގެ ސަރުކާރުން ދެއްވި އެއްބާރުލުމާއެކު ކަމަށް ކިރްގިސްތާން ވޮލީބޯޅަ ފެޑެރޭޝަންގެ ސެކެއްޓްރީ ޖެނެރަލް ކިލިޗް ސަރްބަގިޝިފް ވިދާޅުވެއްޖެއެވެ.

ވިމެންސް ކާވާ ކަޕްގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ރާއްޖޭން ދިން މެހެމާންދާރީ އާއި މުބާރާތުގެ އިންތިޒާމުތަކާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

‎ރާއްޖެ ކަހަލަ ރީތި މާހައުލެއްގައި ކުޅެން ލިބުމަކީ ކިރްގިސްތާނު ޓީމަށް ވަރަށް އުފާވެރިކަމެއް ކަމަށާއި، ކުޅުމަށްވުރެ ބޮޑަށް ރާއްޖޭގެ ގުދުރަތީ ރީތިކަން ތަޖުރިބާކޮށްލަން ލިބުމަކީ ކުޅުންތެރިންނަށް ލިބުނު މާ ބޮޑު އުފަލެއް ކަމަށް ކިލިޗް ފާހަގަ ކުރެއްވިއެވެ.

‎އަދި ހުރިހާ ޝުކުރެއް ހައްގުވަނީ ހަގީގީ ދިވެހިންނަށްކަމަށާއި ކޯޓުގައި މޮޕުލާ މީހުންނާއި ހަމައިން މެޗުތައް ބަލަން ގޮސް ސަޕޯޓްކުރި ރައްޔިތުންނާއި ސަރުކާރާއި ކަމާގުޅޭ އެންމެހާ އިސްވެރިންނަށް ޝުކުރު އަދާކުރާކަމަށް އޭނާ ވިދާޅުވިއެވެ.

‎“އަސްލު ދިވެހިންނަށް، މޮޕާސްއިން ފެށިގެން ސަޕޯޓަރުންނާ އެގްޒެކެޓިވްސް އާއި ހަމައަށް ޝުކުރު އަދާކުރަން” ކިލިޗް ވިދާޅުވިއެވެ.

‎ރާއްޖޭގައި ހުރިހާ އިންތިޒާމުތަކެއްވެސް ވަރަށް ފުރިހަމަ ކަމަށާއި، ރާއްޖެ އާދެވުމަކީ ކިރްގިސްތާނު ޓީމަށް ލިބުނު ބޮޑު އުފަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

‎”ރާއްޖޭގެ ވޮލީ އެސޯސިއޭޝަން ވަރަށް ސްޓޭބަލް. މި ކުޅިވަރު ދަނީ ތަރައްގީވަމުން، ރާއްޖޭގެ ކުޅުން ވަރަށް ރަނގަޅު ކޮށްފި” ކިލިޗް ވިދާޅުވިއެވެ.

ވިމެންސް ކާވާ ކަޕް 2025 ކާމިޔާބުރީ ދިވެހިރާއްޖެ ބަލިކޮށް ކިރްގިސްތާނުންނެވެ. މިއީ ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް އެންމެ ފަހު ބައިނަލްއަގްވާމީ މުބާރާތެވެ.