ޚަބަރު

ތައިލެންޑުގެ ޤާނޫނުހަދާ މަޖިލިސް އުވައިލާ އަލުން އިންތިޚާބު ބާއްވަނީ


ތައިލެންޑުގެ ޤާނޫނުހަދާ މަޖިލިސް އުވާލައި އަލުން އިންތިޚާބު ބޭއްވުމަށް ނިންމާފައިވާ ކަން އެ ޤައުމުގެ ބޮޑުވަޒީރު، އަނުތިން ޗާންވިރަކުލް އިޢުލަނުކުރައްވައިފިއެވެ.

ތައިލެންޑު ސަރުކާރުގެ ތަރުޖަމާނު ސިރިޕޮންގ އަންކަސަކުލްކިއަތު ވިދާޅުވީ ޤާނޫނުހަދާ މަޖިލިސް އުވައިލުމަށް ނިންމާފައި ވަނީ މައި އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕަލްސް ޕާޓީއާއެކު އުފެނު ސިޔާސީ ދެބަސްވުމެއްގެ ސަބަބުން ކަމަށެވެ. އެ ޕާޓީން ވަނީ ބޮޑުވަޒީރު ޗާންވިރަކުލްގެ ސަރުކާރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމުގެ އިންޒާރު ދީފައެވެ.

ބޮޑުވަޒީރު ޗާންވިރަކުލް ވިދާޅުވީ ޤަނޫނުހަދާ މަޖިލީސް އުވައިލުމަށް ނިންމެވި ނިންމެވުމަކީ ރައްޔިތުންނަށް ބާރު އަނބުރާ ރައްދުކުުރުމަށް ނިންނި ނިންމުމެއް ކަމަށެވެ. އެ ނިންމުމާއެކު ކުރިއަށް އޮތް 45 ދުވަހާއި 60 ދުވަހާ ދެމެދު އައު އިންތިޚާބު ބާއްވާނެ
އެނެ. ތައިލެންޑާއި އަވަށްޓެރި ކެމްބޯޑިޔާއާ ދެމެދު ކުރިމަތިލުންތަކެއް ހިނގަމުންދާ މި ދަނޑިވަޅުގައި މަޖިލިސް އުވައިލި ނަމަވެސް އޭގެ ސަބަބުން ޤައުމުގެ އަސްކަރީ ޙަރަކާތްތަކަށް އަސަރު ނުކުރާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.