ޚަބަރު

އިންސާނީ ހައްޤުތަކަކީ ގަވަނެންސްގެ މައިގަނޑު އަސާސް ކަމުގައި ހަދަންޖެހޭ: ޚަރިޖީ ވަޒީރު ޑރ. ޚަލީލް


  • ކޮމަންވެލްތުގެ ވޯކްޝޮޕް ރާއްޖޭގައި ކުރިއަށް ދާނީ މިމަހުގެ 1 އިން 3 އަށް

  • ވަޒީރު ވަނީ ހައްޤުތައް ކަށަވަރުކުރަން ބައިނައަޤްވާމީ ގޮތުން ނިޒާމުގައި ޝާމިލްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައި

އިންސާނީ ހައްޤުތަކަކީ ގަވަނެންސްގެ އަސާސް ކަމުގައި ހަދަން ޖެހޭ ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކޮމަންވެލްތު އޭޝިއާ ރީޖަނަލް ވޯކްޝޮޕް އޮން ނޭޝަނަލް މެކޭނިޒަމްސް ފޮރ އިމްޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯއަޕް ހުޅުވުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިމަހުގެ 1 އިން 3 އަކަށް ދިވެހިރާއްޖޭގައި ބާއްވާ ކޮމަންވެލްތު އޭޝިއާ ރީޖަނަލް ވޯކްޝޮޕް އޮން ނޭޝަނަލް މެކޭނިޒަމްސް ފޮރ އިމްޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯއަޕް (އެން.އެމް.އައި.އާރް.އެފް.) އެންޑް ހިއުމަން ރައިޓްސް ރިޕޯޓިންގ ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލްއެވެ. މިރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވާ ވަޒީރު ޚަލީލު ވާހަކަ ދައްކަވާފައެވެ. ވަނީ ވާހަކަދައްކަވާފައެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ ވާހަކަފުޅުގައި މި ވޯކްޝޮޕް ރާއްޖޭގައި އިންތިޒާމް ކޮށްދެއްވި ކަމަށްޓަކައި ކޮމަންވެލްތަށާއި އޯ.އެޗް.ސީ.އެޗް.އާރު އަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ކޮމަންވެލްތުގެ އެހެން ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ މަންދޫބުންނަށް މަރުޙަބާ ވިދާޅުވެ، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ހަމަހަމަކަން ޤާއިމުކުރުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ. ޚާރިޖީ ވަޒީރުގެ، ވާހަކަފުޅުގައި ވަނީ އިންސާފުވެރި ގާނޫނުތަކާއި، ދެފުށް ފެންނަ އަދި ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރު.) ފަދަ ބައިނަލްއަގްވާމީ މެކޭނިޒަމްތަކުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ތެރެއިން ހައްގުތައް ނަގަހައްޓައި ދެމެހެއްޓުމަކީ ގައުމުތަކުގެ ޒިންމާއެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި އިންސާނީ ޙައްޤުތައް ހިންގުމުގެ ދައިރާގެ މައިގަނޑު އަސާސަކަށް ހެދުމަށާއި، އެން.އެމް.އައި.އާރު.އެފްގެ މުހިންމު މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ޚަރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ ދެއްވާފައެވެ.

މި ވަރކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި، ކޮމަންވެލްތް ސެކްރެޓޭރިއޭޓްގެ ހިއުމަން ރައިޓްސް ޔުނިޓްގެ އެކްޓިންގ ހެޑް ޑޮކްޓަރ ޖަސްޓިން ޕެޓިޓްއާއި، ވަގުތީގޮތުން އ.ދ.ގެ ރެޒިޑަންޓް ކޯޑިނޭޓަރުގެ މަޤާމުގައި ހުންނެވި ޔޫ.އެން.ޑީ.ޕީ.ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަދުނާން ޗީމާވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕްގައި ބަންގްލަދޭޝް، ބްރޫނާއީ ދަރުއްސަލާމް، އިންޑިއާ، މެލޭޝިއާ، ޕާކިސްތާން އަދި ދިވެހި ސަރުކާރުގެ އެކި އިދާރާތަކުން ބައިވެރިވެއެވެ.

ކޮމަންވެލްތު ސެކްރެޓޭރިއޭޓް އާއި އޮފީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (އޯ.އެޗް.ސީ.އެޗް.އާރު.) އާއި ދިވެހި ސަރުކާރާ ގުޅިގެން ބާއްވާ ވޯކްޝޮޕްއަކީ މި ސަރަހައްދުގައި އެން.އެމް.އައި.އާރް.އެފް.ގެ ސްޓްރަކްޗާތައް ވަރުގަދަކޮށް އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ރޮނގުން މަޢުލޫމާތު ހިއްސާކޮށް، އެއްބާރުލުންދީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިކޮށްދިނުމުގެގޮތުން ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ މަޤްސަދުގައި ބާއްވާ ވޯކްޝޮޕެކެވެ.