ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގައި މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. މާޒިޔާ މެޗު ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ.
މޮ މޮޅާއެކު މާޒިޔާ ލީގުގެ ފުރަތަމަ ބުރު ނިންމާލީ އެއްވަނައިގައޮވެއެވެ. މާޒިޔާ އިން ފުރަތަމަ ބުރުގެ މެޗުތައް ނިންމާލީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ނުވަ މެޗުން 27 ޕޮއިންޓާ އެކުއެވެ.
ނިއު ފުރަތަމަ ބުރު ނިންމާލި ތިންވަނައިގައެވެ. އެއީ ކުޅުނު 9 މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗު ފަށައިގެން އަވަސް ހަލުވި ކުޅުމެއް ފެނިގެން ދިޔައިރު ދެޓީމުން ވެސް އެޓޭކްގައި ވަނީ ނުރައްކާ ކޮއްފައެވެ. ފުރަތަމަ ހާފުގައި ނިއުގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ އިރު އެޓީމުން ލަނޑުޖެހީ ފުރަތަމަ ލަނޑުޖެހީ ފުރަތަމަ ހާފުގެ 9 ވަނަ މިނިޓުގައެވެ. އޭރިޔާ ތެރެއަށް ހުރަސްކޮއްލި ބޯޅައެއް ނިއުގެ ބްރެޒިލް މިޑްފީލްޑަރ ގޯމޭޒް ޑެ ސިލްވާ ގޯލަށް ބޯޅަ ވައްދަލީ ވެއްޓިގެން އޮވެ އެނބުރިފައެވެ.
މި ލަނޑަށްފަހު މާޒިޔާ އިން ހަމަލާތަށް އަވަސްކޮށް ނިއުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިއެވެ. އެގޮތުން އޭރިޔާ ތެރެއިން ސްޕެއިންގެ ސާޖިއޯ މެންޑީ ބޮލުން ފޮނުވާލި ބޯޅަ ގޯލާ ސީދާ ނުވިއިރު ގާނާގެ މިޑްފީލްޑަރ ރޭގަން އޮބޭންގް ފޮނުވާލި ބާރު ހަމަލާ ނިއުގެ ކިޕަރު ވަނީ ދިފާއުކޮއްފައެވެ. ނިއުގެ ޑެސިލްވާ ފޮނުވާލި ބޯޅައެއް ނިކްސޮން ބޮލުން ފޮނުވާލުމުން ގޯލާ ވަނީ އަމާޒު ނުވެފައެވެ.
މާޒިޔާ އިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އޭރިޔާ އަރިމަތިން ނަގައިދިން ހުރަހެއް ސާޖިއޯ މެންޑީ ފޮނުވާލުމުން ނިއުގެ ކުޅުންތެރިން ދިފާއުކުރަން ޖެހި ބޯޅައެއް އަހުމަދު އައިހަމްއަށް ލިބުމުން އޭނާ ގޯލަށް ވައްދައިލައިގެންނެވެ.
މަޒިޔާ މެޗުގެ ދެވަނަ ހާފު ޑޮމިނޭޓް ކޮއްގެން ކުޅުނުއިރު ލީޑު ނަގަން އައިހަމް އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. މާޒިޔާ ލީޑު ނެގީ މެޗުގެ 68 މިނިޓުގައި އެރިއާ ތެރެއަށް ހުރަސްކޮއްލި ބޯޅަ ހަމްޒާ މުހައްމަދު އޭރިޔާ ތެރޭގައި ހުރެފަ ފޮނުވާލި ބޯޅަ ވަނީ ގޯލަށެވެ.
މި މޮޅާއެކު މާޒިޔާއިން ފުރަތަމަ ބުރު ނިންމާލީ ތާވަލު ކުރީގަ 8 ޕޮއިންޓުގެ ލީޑަކާއެކުވެ.