ކުޅިވަރު

ޕެޑްރީ ވެސް ތިން ހަފުތާ އަށް ކުޅުމާ ދުރަށް


ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީ ތިން ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

މި ސީޒަނުގައި މޮޅަށް ކުޅެމުން އަންނަ ކުޅުންތެރިޔާގެ ފަޔަށް އަނިޔާވީ އާދިއްތަ ދުވަހު ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މި މެޗުގައި ރަތްކާޑު ވެސް ދެއްކި ކުޅުންތެރިޔާއާ ބެހޭ ގޮތުން ބާސެލޯނާއިން ބުނީ ކުޅުންތެރިޔާ އަށް އަލުން ކުޅެން ނުކުމެވޭނެ ދުވަހެއް ޔަގީންކޮށް އެނގޭނީ ފަރުވާ ކުރިއަށްދާ ގޮތަކުން ކަމަށެވެ.

މި އަނިޔާގެ ސަބަބުން ޕެޑްރީ އަށް ޗެމްޕިއަންސް ލީގުގައި މުހިންމު މެޗަކާއި ސްޕެނިޝް ލީގުގައި ބައެއް މެޗުތަކާއި ސްޕޭނުގެ ގައުމީ ޓީމުގެ ބައެއް މެޗުތައް ވެސް ގެއްލާނެ އެވެ.

ޕެޑްރީ އަށް އަނިޔާވުމާއެކު ބާސެލޯނާގެ އަނިޔާގެ ލިސްޓު ވަނީ އަނެއްކާ ވެސް އިތުރުވެފަ އެވެ. މިޑްފީލްޑަރު ގަވީ އާއި ގޯލްކީޕަރުން ކަމަށްވާ މާކް އަންދްރޭ ޓާސްޓެގަން އާއި އެއްވަނަ ކީޕަރު ޖޯން ގާސިއާ އާއި ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އާއި ބްރެޒިލްގެ ރަފީނިއާ އަށް ވެސް ވަނީ އަނިޔާވެފަ އެވެ.