ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ށ.ފީވަކަށް ވަޑައިގެންފިއެވެ. އެމަނިކުފާނަށް އެރަށުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ފީވަކަކީ މިއަދު ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި ދެވަނަ ރަށެވެ.
ފީވަކުގައި ތަރައްޤީގެ ބައެއް މުހިންމު މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފީވަކުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ފުލުހުންގެ މަރުކަޒުގެ އާ އިމާރާތުގެ ބިންގާއެޅުމާއި ރަށުގެ ސްކޫލްގެ ކްލާސްރޫމް އިމާރާތުގެ ބިންގާއެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަދި ފީވަކުގައިވެސް ރަށުގެ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މުވައްސަސަތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ފީވަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. 4 ދުވަހުގެ މި ދަތުރުފުޅުގައި ށ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.