ފުރަތަމަ ފަހަރަށް ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ޕާކިސްތާނުން ހޯދައިފިއެވެ.
ކޮމަންވެލްތުގެ ގައުމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ މާދަމާގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.
މި މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗު މިއަދު ހަވީރު ކުޅުނުއިރު، މި މެޗު ޕާކިސްތާނުން ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ޕާކިސްތާނުން ގެންދިޔައީ 22-17 އަދި 27-5 އިންނެވެ.
މި މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ވާދަކުރާނީ ސްރީ ލަންކާ އާއި ދިވެހިރާއްޖެއެވެ.
ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، މި މުބާރާތުގެ ބްރޯޑްކާސްޓިން ޕަޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ. މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީން އަންނަނީ ވަގުތުން ގެނެސްދެމުންނެވެ.