ފ. ބިލެއްދޫގައި ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ބިންގާ އަޅައިފިއެވެ.
ބިލެއްދޫ އެފްއާރްސީގެ ބިންގާ އަޅުއްވާދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިޢު އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. މިދަތުރުގައި އެރަށުގައި އައުޓްޑޯ ވޮލީ ކޯޓެއް އެޅުމަށް އެމްޓީސީސީ އާއި ވަނީ ހަވާލުކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިޢު އާއި އެމްޓީސީސީގެ މެނޭޖިންގ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ.
ބިލެއްދޫ ރައްޔިތުންނަށް ވޮލީ ކުޅޭނެ ފެންވަރު ރަނގަޅު ކޯޓެއް އެޅުމަށް ހަވާލުކުރެވުނުއިރު އެމްޓީސީސީން އަންނަނީ އެކި ސަރަހައްދުގައި ގިނަ އަދަދެއްގެ ކުޅިވަރު މަޝްރޫއުތައް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.
ބިލެއްދޫ ރައްޔިތުން އެދޭ ގޮތަށް ވޮލީކޯޓު އެޅުމަށް ނިންމާފައިވާއިރު އެރަށުގައިވެސް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް މި ސަރުކާރުން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.