ކުޅިވަރު

21 އަހަރަށް ފަހު މޮރީނިއޯ ޕޯޗުގަލް އަށް، މިފަހަރު ބެންފީކާ އަށް


ޕޯޗުގަލްގެ ބެންފީކާގެ ކޯޗަކަށް އެ ގައުމުގެ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ހަމަޖައްސައިފި އެވެ.

އުމުރުން 62 އަހަރުގެ ކޯޗު އެންމެ ފަހުން ޕޯޗުގަލްގައި ކޯޗުކޮށްދިނީ މީގެ 21 އަހަރު ކުރިން އެ ގައުމުގެ ޕޯޓޯ އަށެވެ. އެ ޓީމަށް 2004 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުން އޭނާގެ ސޮއި ހޯދީ އިނގިރޭސިވިލާތުގެ ޗެލްސީންނެވެ. އެ ކުލަބަށް ދެ ފަހަރު މަތިން ކޯޗުކޮށްދީ މޮރީނިއޯ އަކީ ޗެލްސީގެ އެންމެ ކާމިޔާބު ކޯޗެވެ. އެގެ ފަހުން އޭނާ ވަނީ ސްޕޭނުގެ ރެއާލް މެޑްރިޑާއި އިނގިރޭސި ކުލަބު ޓޮޓެންހަމް އަދި އިޓަލީގެ ރޯމާ އާއި އިންޓަމިލާނަށް ވެސް ކޯޗުކޮށްދީފަ އެވެ. އޭނާ ވަނީ އިންޓަމިލާނަށް ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.

މޮރީނިއޯ އެންމެ ފަހުން ކޯޗުކޮށްދިނީ ތުރުކީގެ ފެނަބާޗޭ އަށެވެ. އެ ކުލަބުގެ ކޯޗުކަމުން އޭނާ މިދިޔަ މަހު ވަކި ކުރީ ޗެމްޕިއަންސް ލީގުގެ ކޮލިފައިންގައި ބަލިވުމުން މެނޭޖްމަންޓާ މައްސަލަ ޖެހުމުންނެވެ.
މޮރީނިއޯ އަކީ ޔޫރަޕުގެ އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ބެންފީކާއާ ހަވާލުވުވުމުގެ ކުރިން އެ ކުލަބުން އޭނާގެ އެހީ އަށް އެދުމުން އެކަމަށް ފުރަގަސްދޭންވީ ސަބަބެއް ނެތް ކަމަށެވެ.

"އަހަރެން އުމުރުގެ ބާކީ ބައިގައި ގައިގައި ވަރު ހުއްޓައި ޕޯޗުގަލްގައި ކޯޗުކޮށްދޭން ބޭނުންވޭ. އަހަރެން ޕޯޗުގަލް އަށް ދާންވީ އުމރުގެ ފަހު ބައިގައެއްނޫން. އަހަރެންނަށް ވެސް ކަމެއް ކޮށްދެވޭނެ އުމުރުގައި. އަހަރެންގެ ފަރާތުން މިހާރު އެ މީހުންނަށް ވަރަށް ގިނަ ކަންކަން ދަސްވާނެ،" މޮރީނިއޯ ބުންޏެވެ.

ބެންފީކާ އަށް އަކީ ޕޯޗުގަލްގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު އެއް ކުލަބެވެ.