ކުޅިވަރު

މެސީ މިއާމީގެ ކޮންޓްރެކްޓް އައު ކުރަނީ


އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެމެރިކާގެ އިންޓަ މިއާމީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އައު ކުރުމާ ގާތަށް ހިނގައްޖެ އެވެ.

އެމެރިކާގެ މީޑިޔާތަކުން ބުނާ ގޮތުގައި އަންނަ ޖޫން މަހު ހަމަވާ މެސީގެ ކޮންޓްރެކްޓްގެ މުއަދަތު އުތުރު ކުރަން ދެ ދަރާތުން ކުރި މަޝްވަރާތައް މިހާރު ވަނީ ނިމުމަކާ ގާތަށް ގޮސްފަ އެވެ. މި ގޮތުން މެސީ އިތުރު ދެ އަހަރަށް ސޮއި ކުރާނީ ކުރިއަށް ވުރެ ބޮޑު މުސާރައެއްގައި ކަމަށެވެ.

އުމުރުން 38 އަހަރުގެ މެސީ މިއާމީ އަށް ބަދަލުވީ ފްރާންސްގެ ޕީއެސްޖީންގެ ކޮންޓްރެކްޓް ހަމަކޮށް 2025 ވަނަ އަހަރު އެވެ. އޭނާގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރީ ސްޕޭނުގެ ބާސެލޯނާގަ އެވެ. ކެރިއަރު ނިމުމުގެ ކުރިން އަލުން އޭނާ ލައްވައި އެ ކުލަބަށް މެޗެއް ނުވަތަ ސީޒަނެއްގެ ބައެއް ކުޅުވަން ބާސެލޯނާ ވެސް ދަނީ މަސައްކަތް ކުރުވަމުންނެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑް އަދަދަކަށް ހޯދާފައިވާ މެސީ ބަހައްޓަން މިއާމީން އެންމެ ބޮޑަށް ބޭނުންވަނީ އޭނާގެ ސަބަބުން ކުލަބުގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވަމުންދާތީ އެވެ. މިކަމުގެ ސަބަބުން މެސީ ލައްވައި ސޮއި ކުރުވަން ސައޫދީ އަރަބިއާގެ ކުލަބުތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މެސީ އަކީ ސައޫދީގެ ޓުވަރިޒަމް އެމްބެސެޑަރެއްވެސްމެ އެވެ.