ތަރިކަ ހިމާޔަތްކުރުމުގެ ރޮނގުން ޢިލްމީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އޮތީ ތައްޔާރަށްކަމަށް، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯއާ ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިހެން ވިދާޅުވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި، އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯއާއާ އެކު ބޭއްވި ބައްދަލުވުމެއްގައި ދިވެހިބަހާއި، ތާރީޚާއި، ތަރިކައިގެ ދާއިރާއިން ރާއްޖޭގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރިކަ ޙިމާޔަތްކުރުމާއި، ތަރިކާ ހިމާޔަތްކުރުމުގެ ދާއިރާގެ ތަރައްޤީއަށްޓަކައި ރާއްޖެއަށް މުހިންމުވާ ފުރުޞަތުތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. އެގޮތުން، ތަރިކަ ހިމާޔަތްކުރުމުގެ ރޮނގުން އިނގިރޭސިވިލާތުން ޢިލްމީ އެހީތެރިކަން ފޯރުވައިދެއްވުމުގެ ޝައުޤުވެރިކަން ސަފީރު ފާޅުކުރެއްވިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސަލަންސީ ނިކޮލަސް ޑޭވިޑް ލޯއާ މިއަދު ބައްދަލު ކުރައްވައިފި.
— Ministry of Dhivehi Language, Culture and Heritage (@MoDLCH) September 16, 2025
މި ބައްދަލުވުމުގައި ދިވެހިބަހާއި، ތާރީޚާއި، ތަރިކައިގެ ދާއިރާއިން… pic.twitter.com/kg0WaL2OUs
ދިވެހިންގެ ތަރިކަ ހިމާޔަތް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ މަސައްކަތެކެވެ. އެގޮތުން ތަރިކަ ހިމާޔަތްކޮށް ބެލެހެއްޓުމުގެ އިތުރުން ތަރިކައަށް ޙައްޤު ޢިއްޒަތްދީ، ތަރިކަ ބެލެހެއްޓުމުގެ މަސައްކަތަށް ފަންޑުކުރެވޭނެ ގޮތްތަކެއް މަގުފަހިކުރުމުގެ ޕްލޭންތަކެއް ސަރުކާރުން ދަނީ އެކުލަވާލައި، ތަންފީޒުކުރައްވަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޒަމާންވީ ތަރިކަތައް ހިމާޔަތްކުރުމުގެ މަސައްކަތް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން މިހާރުވެސް އަންނަނީ ކުރައްވަމުންނެވެ.