އަލަށް ފެށި ފުޓްބޯޅަ ސީޒަނާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެވޯޑްސް ތައާރަފުކޮށް، އެކަން އިއުލާންކޮށްފިއެވެ. 
މިއީ ކުޅިވަރުގެ ރޫހު އިތުރަށް އާލާކުރުމާއި، ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމާއި ފުޓްބޯޅައިގެ ޙިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަޤްސަދުގައި، ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން ދޭ އެވޯޑުތަކެކެވެ. 
		
			
އެފްއޭއެމް އެވޯޑްސް އިއުލާންކުރައްވައި އެ އިދާރާގެ ރައީސް އަޙްމަދު ޠާރިޤު ވަނީ އަލަށް ފެށި ފުޓްބޯޅަ ސީޒަންގައި ވާދަކުރާ ކުޅުންތެރިންނާއި، ކޯޗުންނާއި، ކުލަބުތަކާއި، މެޗްތަކުގައި އިންސާފުކުރާ ރެފްރީންނަށް ކާމިޔާބު އަދި ވާދަވެރި މުބާރާތްތަކަކަށް އެދިވަޑައިގެންފައެވެ.