މިހާރު ކުރިޔަަށްދާ އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން 2025 ގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ނަބާ ނިޝާން ހޯދައިފިއެވެ.
މި އިވެންޓުގެ ޗެމްޕިއަންކަން ނަބާ ހޯދީ ކިޔާރާ އުސާމާ އަލީ އާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު 2-1 ސެޓުން ކާމިޔާބުކޮށްގެންނެވެ.
މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު ނަބާ ގެންދިޔައީ 6-2 ޕޮއިންޓުންނެވެ. ދެވަނަ ސެޓު 6-4 ން ކާމިޔާބުކުރީ ކިޔާރާއެވެ. އެހެންނަމަވެސް ތިންވަނަ ސެޓުގައި ނަބާ ވަނީ ކުޅުން ރަނގަޅުކޮށް 6-4 ން އެ ސެޓު ކާމިޔާބުކޮށްފައެވެ.
ހޯމަ ދުވަހުން ފެށިގެން ކުރިޔަށްދާ އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަންގެ މެޗުތައް ކުރިޔަށްދަނީ މާލޭ ޓެނިސް ސެންޓަރުގައެވެ.
މި ސަރަހައްދުގެ ގަައުމުތަކުން ވާދަކުރާ މި މުބާރާތުގައި 18 ފިރިހެން ކުޅުންތެރިންނާއި 13 އަންހެން ކުޅުންތެރިން ވާދަކުރެއެވެ.