ޚަބަރު

ޣައްޒާއިން ހައިހޫނުކަން ނައްތައިލަން އޮތީ ވަރަށް ކުޑަ ފުރުޞަތެއް: އދ


ފަލަސްޠީނުގެ ޣައްޒާގައި ބަނޑުހައިހޫނުކަން ފިލުވައިލުމަށް ލިބިފައި އޮތީ ވަރަށް ހަނި ފުރުޞަތެއް ކަމަށް އދން ބުނެފިއެވެ.

ބަނޑުހައިހޫނުކަން ވަޒަންކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ވަނީ ޣައްޒާގެ އެތައް ހާސް ރައްޔިތުން އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންދާ ކަމަށް ބުނެފައެވެ. ޣައްޒާ ސިޓީ ހިމެނޭ ގޮތަށް އެ ސަހަރުގެ ބައެއް ސަރަޙައްދުތަކުގައި ޢާންމުވެފައިވާ ބަނޑުހައިހޫނުކަމެއް ފެތުރިފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

މިދިޔަ މާރިޗު މަހުން ފެށިގެން މެއި މަހުގެ މެދުތެރެއާ ހަމައަށް ޣައްޒާއަށް އެއްވެސް މިންވަރަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ޔަހުދީން ދީފައެއް ނުވެއެވެ. މިހާރު ވެސް އެ ސަހަރަށް އެކަށީގެންވާ ވަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅައެވެ.

އދގެ އެހީއާބެހޭ އިދާރާގެ އިސްވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ އާއްމުވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތު ޙައްޒާެ މެދުތެރޭގައި އޮންނަ ދީރުލް ބަލާޙްއާއި ދެކުނުގައި އޮންނަ ޚާން ޔޫނިސްއަށް ފޯރިޔަ ނުދިނުމަށް ވަގުތު ލިބިފައި ވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. މިހާރު ވެސް ވަގުތު ކުޑަތަންވެ އެހީ ފޯރުކޮށްދިނުމަށް ލިބިފައިވާ ހަނި ފުރުޞަތު ގެއްލެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އދން ވަނީ ހުރަހެއް ނެތި ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމުގެ ފުރުޞަތު ދިނުަމަށް ޔަހޫދީ ސަރުކާރަށް ގޮވާލައިފައެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 64،000 މީހުން ވަނީ ޝަހީދުވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ވެސް ގިނަ ޢަދަދެއްގެ މީހުން ދަނީ ޝަހީދުވަމުންނެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް 14 މީހުން ޝަހީދުވެފައިވެއެވެ.