މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން ދަނީ ބ. ކެންދޫ، އުމުރުން 33 އަހަރުގެ ޝަހުމުﷲ ސާޖިދެވެ.
ފުލުހުން ވިދާޅުވީ އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި ސެޕްޓެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
ޝަހުމުﷲ ސާޖިދު މިހާރު ދިރިއުޅެމުންދަނީ މާލޭގައިކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޝަހުމުﷲ ސާޖިދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.