ޚަބަރު

ޓޮޓްނަމް ހޮޓްސްޕަރ އަތުން ސިޓީ ބަލިވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އަތުން 2-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެއެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ޓޮޓްނަމް ހޮޓްސްޕަރ މޮޅުވެފައިވާއިރު މި ސީޒަނުގައި އެ ޓީމު ކުޅުނު ދެ މެޗުންވެސް ވަނީ މޮޅުވެފަ އެވެ.

ޕެޕް ގަޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު މެންޗެސްޓަރ ސިޓީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ތޯމަސް ފްރޭންކްގެ ޓޮޓްނަމް އިން ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 35 ވަނަ މިނިޓުގައި ޓޮޓްނަމް ހޮޓްސްޕަރގެ ބްރެނަން ޖޯންސަން ވަނީ ލަނޑެއް ޖަހާ ކުރި ހޯދަދީފަ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ރިޗާލިސަންގެ އެސިސްޓަކުންނެވެ.

އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޖޮއާއޯ ޕަލީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މިއީ އޭނާ މެންޗެސްޓަރ ސިޓީ އާއި ގުޅުނު ފަހުން އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ސިޓީގެ ފޯވަށް އާލިން ހާލަންޑް އަށް ލަނޑު ޖަހަން ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ވަނީ ބޭރުވެފަ އެވެ.

ޓޮޓްނަމް ހޮޓްސްޕަރ އިން ގަންނަން މަސައްކަތް ކުރި އެބެރެޗޭ އެޒޭ ވާދަވެރި އާސެނަލް އާއި ގުޅުމުން އެކަމުގެ ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން ޓޮޓްނަމް ހޮޓްސްޕަރގެ ސަޕޯޓަރުން ވަނީ މި މެޗު ފެށުމުގެ ކުރިންވެސް ލެވީ އާއި ދެކޮޅަށް ހިތްހަމަނުޖެހުމުގެ ޝުއޫރުތަކެއް ފާޅުކޮށްފަ އެވެ.