ޚަބަރު

އައިޓީއެފް ޖޭ30 ގެ ރަން މެޑެލް ހޯދައި، އާރާ ތާރީޚުގެ ތެރެއަށް


އައިޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން ޖޭ30 ގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ ކާމިޔާބު ޓެނިސް ކުޅުންތެރިޔާ އާރާ އާސަލް އާޒިމް ރަން މެޑެލް ހޯދައި، ފުރަތަމަ ފަހަރަށް އައިޓީއެފް މުބާރާތަކުން ރާއްޖެއަށް ރަން މެޑެލް ހޯދައިދިނުމުގެ ޝަރަފު ހޯދައިފިއެވެ.

18 އަހަރުން ދަށުގެ އުމުރާއަށް ހާއްސަ މި މުބާރާތުގެ ޑަބަލްސަ އިވެންޓުގެ ފައިނަލްގައި އާރާ ނިކުތީ ތައިލެންޓްގެ ޓަރީޓާ ހޮންގޔޮކް އާއި އެކު ސެއުންހްޔުން ޗޯ އައކ ޔިޝަން ޒޫގެ ޕެއާއައި ދެކޮޅަށެވެ.

17 އަހަރުގެ އާރާ އާއި ތައިލޭންޑްގެ ޓަރީޓާގެ ޕެއާއިން ފައިނަލް މެޗުގެ ސެޓުތައް ކާމިޔަބުކުރީ 6-2 އަދި 6-1 ކުންނެވެ.

އާރާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭގައި ބޭއްވި އޭޓީއެފް މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. އައިޓީއެފް ޖޭ30 އަށް އާރާ ވަނީ ތައިލޭންޑްގައިވެސް ފަރިތަކޮށްފައެވެ.