ޚަބަރު

ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އައު ކޮށްފި


އަންހެނުންގެ ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް ޢައިން ލަތީފް އައު ކޮށްފިއެވެ.

މިހާރު ރޮމޭނިއާ ގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި މިރާލް މި ރެކޯޑު އައު ކޮށްފައިވަނީ 02:42.46 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އަައު ކޮށްފައިވަނީވެސް މިރާލް އެވެ. އެއީ، ސިންގަޕޫރުގައި މި އޮގަސްޓު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ގައި 02:44.34 އިން ރޭސް ނިންމައިގެންނެވެ.