ތަހްގީގަށް ފުލުހުން ހިފެހެއްޓި ފައިސާތަކެއްގެ ތެރެއިން 30 ހާސް ޑޮލަރު ގެއްލުނު މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން 15 ސެޕްޓެންބަރު 2019 ވަނަ ދުވަހު ހުށަހެޅި މައްސަލައަކާ ގުޅިގެން ތަހްގީގަށް ހިފެހެއްޓި ފައިސާގެ ޖުމްލަ، ހިސާބުގައި ފަރަގެއް ފާހަގަވެ އެމައްސަލަ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގު ކުރަމުން ދާކަމަށެވެ.
ފުލުހުން ވިދާޅުވީ 30،000 އެމެރިކާ ޑޮލަރުގެ ފަރަގެއް އުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މިކަން ފާހަގަ ކުރެވިފައިވަނީ 13 އޮގަސްޓް 2025 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ފައިސާ ބެހެއްޓިފައިވާ ތަނުން، ކޮތަޅެއްގެ ތެރެއިން ހަލާކުވެފައިވާ ފައިސާވެސް ފެނިފައިވާތީ ފޮރެންސިކް މެދުވެރިކޮށް އެކަންވެސް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.