ޚަބަރު

އައްޑޫ ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 2 ކުއްޖަކާއި އިތުރު މީހަކަށް ފަރުވާދެނީ


  • އެކްސިޑެންޓު ހިނގީ 2 ސައިކަލެއް ޖެހިގެން

  • އެއް ސައިލަކަލު ދުއްވަން އިނީ 15 އަހަރުގެ ކުއްޖެއް

އައްޑޫ ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 2 ކުއްޖަކާއި އިތުރު މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ހީނާ މަގުގައި މިއެކްސިޑެންޓު ހިނގާފައިވަނީ 2 ސައިކަލެއް ޖެހިގެންކަމަށެވެ.

މި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ މިރޭ 09:17 އެހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށާއި އަނިޔާވެގެން ފަރުވާ ދެމުންދަނީ އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވި އަންހެނަކަށްށާއި އަނެއް ސައިކަލު ދުއްވި 15 އަހަރުގެ ފިރިހެން ކުއްޖާއާއި އެ ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކަށްކަމަށެވެ. އަނިޔާވި ފަރާތްތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިއެކްސިޑެންޓާއި ގުޅިގެން އަނިޔާވި ފަރާތްތަކަށް ފަރުވާދެމުން ގެންދަނީ ހިތަދޫގައި ހުންނަ އެކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.