ރިސޯޓް ވޮލީބޯޅަ ލީގު 2025 ގެ ނޯތު މާލޭ ލީގުގެ ޗެމްޕިއަންކަން ވަން އެންޑް އޮންލި ރީތި ރަށް ރިސޯޓުން ހޯދައިފިއެވެ. 
ފައިނަލްގައި ފޯ ސީޒަން ކުޑަހުރާ ބަލިކޮށް ރީތިރަށް ތަށި އުފުލާލީ 2-3 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. 
މި މެޗުގެ ފުރަތަމަ ސެޓު ރީތިރަށުން ގެންދިޔައީ 25-21 ންނެވެ. ދެވަނަ ސެޓް 25-13 އިން ގެންދިޔައީ ކުޑަހުރާއިންނެވެ ތިން ވަނަ ސެޓު 25-17 އިން ރީތިރަށުން ގެންދިޔައިރު ހަތަރުވަނަ ސެޓު 26-14 ން ގެންދިޔައީ ފޯސީޒަނުންނެވެ. ވަރަށް ވާދަވެރި ކުޅުމްކަާްފަހު ފަސްވަނަ ސެޓު 15-11 ން ކާމިޔާބުކުރީ ރީތިރަށުންނެވެ. 
ފައިނަލް މެޗުގެ މޮލު ކުޅުންތެޔަކަށް ހޮވުނީ ރީރިރަަށުގެ ލަންކާ ކުޅުންތެރިޔާ ކަވިޝްކާއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 25 ހާސް ރުފިޔާ ދީފައިވާއިރު ރަނަރަޕް ޓީމު ކުޑަހުރާއަށް ވަނީ 15 ހާސް ރުފިޔާދީފައެވެ. 
		
										ވޮލީބޯލް އެކެޑަމީ އޮފް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅުނީ ރީތިރަށުގައެވެ.