ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕް 2025 ގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި ގައުމީ ފެތުންތެރިންގެ ޓީމު ސިންގަޕޫރަށް ދަތުރު ފަށައިފިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިވެހި ފެތުންތެރިން ވާދަކުރާ ފެތުމުގެ އިވެންޓްތައް ކުރިއަށްދާނީ ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 3 ވަނަ ދުވަހާ ހަމައަށެވެ. މި ބައިނަލްއަޤްވާމީ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ހުނަރުވެރި ފެތުންތެރިންނަކީ އަމްނާ ތަޒްކިޔާ މިރުޞާދު، އާން ހުސައިން، މުޙައްމަދު ރިހާން ޝިހާމް އަދި މިރާލް ޢައިން ލަޠީފެވެ.