ގައުމީ ބޮޑީބޯޑިން ޕްރޮގުރާމް ހުދުފޮނަށް ނ. ޅޮހިން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބުނެފިއެވެ.
އެމްބީބީއޭއިން ކުރިޔަށްގެންދާ ހުދުފޮނު ޕްރޮގްރާމުގެ ތިންވަނަ ކުލިނިކް އިއްޔެ ޅޮހީގައި ފެށީ 68 ބައިވެރިންނާއެކުގައެވެ. މި ޕްރޮގްރާމްގައި 42 ފިރިހެން ކުދިންނާއި 28 އަންހެން ކުދިން ބަްިވެރިވެއެވެ.
އުމުރުން 10-17 އަހރާއި ދެމެދުގެ ބައިވެރިންނާއެކު ޅޮހި ކުލިނިކް ކުރިޔަށްދާއިރު މި ކުލިނިކްގައި ކިޔަވައިދެނީ ބޮޑީބޯޑިންގެ ތަޖްރިބާ ހުރި ސީނިއާ އެތުލީޓުންނާއި ސާފް ގައިޑުންނެވެ.
އެމްބީބީއޭއިން ބުނީ މި ޕްރޮގްރާމަކީ ގްރާސްރޫޓް ލެވެލްގެ ތަމްރީނު ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމުގައި ދަސްކޮށްދޭނީ ބޮޑީ ބޯޑިންގެ ބޭސިކް ހުނަރުތަކާއި އުކުޅުތައް ކަމަށެވެ. އަދި ސާފް އިންޑަސްޓްރީގައި ހުރި ވަޒީފާގެ ފުރުސަތުތައް ކިޔައިދީ ބޮޑީބޯޑަރުން އުފެއްދުމަކީ މި ޕޮރްގްރާމްގެ އަމާޒެވެ.
ޅޮހީގައި މި ޕްރޮގްރާމް ކުރިޔަށް ދަނީ ޅޮހީ ޖަމްއިއްޔާއެއް ކަމަށްވާ ސާފް ސްކޮއާ އާއި ގުޅިގެންނެވެ.