ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ 20 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޖެވެލިން ތުރޯ އިވެންޓުގެ އެއްވަނަ މިލަންދޫ ސްކޫލުގެ ހުސެއިން ރައިސަން ހޯދައިފިއެވެ. 
ދެވަނަ ހޯދީ މުހައްމަދު ޔާސީން އަބުދުއްރަހްމާނެވެ. ތިންވަނަ ހޯދީ މިލަންދޫ ސުކޫލުގެ ހަސަން އަބުސަމް ފަތުހުﷲއެވެ.  
15 އަހަރުން ދަށުގެ އަންހެން ކުދިންގެ 4 ގުނަ 100 މީޓަރު ރިލޭގެ އަންހެން ކެޓަގަރީގެ ޓީމު އިވެންޓުން އެއްވަނަ ހޯދީ އަފީފުއްދީން ސުކޫލުންނެވެ. ދެވަނަ ހޯދީ ޖަލާލުއްދީން ސުކޫލުންނެވެ. ތިން ވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. 
15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4 ގުނަ 100 މީޓަރު ރިލޭއިން އެވަނަ ހޯދީ މިލަންދޫ ސުކޫލުންނެވެ. ދެވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ. ތިންވަނަ ހޯދީ އަފީފުއްދީން ސުކޫލުންނެވެ. 
17 އަހަރުން ދަށުގެ އަންހެން ކުދިންގެ 4 ގުނަ 100 މީޓަރު ރިލޭއިން އެއްވަނަ ހޯދީ ޖަލާލުއްދީނު ސުކޫލުންނެވެ. ދެވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ތިންވަނަ ހޯދީ މަކުނުދޫ ސުކޫލުންނެވެ. 
މި އުމުރުފުރާގެ ފިރިހެން ކުދިންގެ ކެޓަގަރީން އެއްވަނަ ހޯދީ މިލަންދޫ ސުކޫލުންނެވެ. ދެވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ތިންވަނަ ހޯދީ އަފީފުއްދީން ސުކޫލުންނެވެ.