ޚަބަރު

މާލޭގެ ގެއެއްގެ 2 ވަނަ ފަންގިފިލާއިން ވެއްޓުނު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ


  • ވެއްޓިފައި ވަނީ 42 އަހަރުގެ ދިވެހި އަންހެނެއް

  • މިހާދިސާގައި އަންހެން މީހާގެ 2 ފައިގެވެސް ކުޑަހުޅު ނެއްޓި އަނިޔާވެފައިވޭ

މައްޗަންގޮޅީގެ ގެއެއްގެ 2 ވަނަ ފަންގިފިލާއިން ވެއްޓުނު އަންހެނަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މައްޗަންގޮޅީގެ ގެއެއްގެ 2 ވަނަ ފަންގިފިލާއިން އުމުރުން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިފައިވާ މައްސަލައެއް ރޭ 04:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިހާދިސާގައި ވެއްޓުނު އަންހެން މީހާގެ 2 ފައިގެވެސް ކުޑަހުޅު ނެއްޓި، އޯޕެން ފްރެކްޗާރވެ އަނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. މިއަންހެން މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.