ޚަބަރު

އެމްޓީސީސީގެ ހިއްސާގެ ފައިދާ އަންނަ މަހުގެ 17 ގައި ހިއްސާދާރުންނަށް ދޫކުރާނެ


  • މޫނުމަތީ އަގުގެ 5 ރުފިޔާގެ ހިއްސާއަކަށް 2 ރުފިޔާ ބަހާނެ

  • ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ހަމަޖެހިފައިވަނީ 16,075,498 ރުފިޔާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީގެ ހިއްސާގެ ފައިދާ އަންނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހިއްސާދާރުންނަށް ދޫކުރާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. އެމްޓީސީސީއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 2 ރުފިޔާ ބަހަން މިމަހުގެ 17 ވަނަ ދުވަހު ބޭއްވި އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

މިދިޔަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ ކޮންމެ 5 ރުފިޔާގެ ޙިއްޞާއަކަށް، 2 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ހަމަޖެހިފައިވަނީ 16,075,498 ރުފިޔާއެވެ. އެމްޓީސީސީއިން ބުނެފައިވަނީ ހިއްސާދާރުންނަށް މި ފައިސާ އަންނަ މަހުގެ 17 ވަނަ ދުވަހު ދޫކުރަން ފަށާނެކަމަށެވެ.

ޙިއްޞާގެ ފައިދާ ނެގުމަށް އެ ކުންފުނީގައި ބޭންކް އެކައުންޓް ރަޖިސްޓްރީ ކޮށްފައިނުވާ އަދި އެކައުންޓަށް ބަދަލު އައިސްފައިވާ ޙިއްޞާދާރުން ކުންފުނީގެ ވެބްސައިޓުގައިވާ ޙިއްޞާދާރުންގެ ޕޯޓަލްގައި އެކައުންޓު ނަންބަރު އަޕްޑޭޓްކުރުމަށް ނުވަތަ "ޙިއްޞާގެ ފައިދާއަށް އެދޭ ފޯމު" މެދުވެރިކޮށް ހުށަހެޅުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ޖަމާކޮށްދޭނެ ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.