ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގެ ފިރިހެން ޑިވިޝަނުގެ ޗެންޕިއަންކަން އިންޑިއާއިން ހޯދައިފިއެވެ. 
ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗު އިންޑިއާއިން ކާމިޔާބުކުރީ 94-62 ޕޮއިންޓުން ސްރީލަންކާ ބަލިކޮށްގެންނެވެ. 
ފައިނަލް މެޗުގެ ފުރަތަމަ ކުއާޓާގައި އިންޑިއާއިން 24 ޕޮއިންޓް ހޯދި އިރު ލައްކާއަށް ލިބުނީ 15 ޕޮއިންޓެވެ.  
ދެވަނަ ކުއާޓާގައި އިންޑިއާއަށް 51 ޕޮއިންޓް ލިބުނުއިރު ލަންކާއަށް ލިބުނީ 25 ޕޮއިންޓެވެ. 
ތިންވަނަ ކުއާޓާގައި އިންޑިއާ 72 ޕޮއިންޓް ހޯދިއިރު ލަންކާއަށް ލިބުނީ 47 ޕޮއިންޓެވެ. 
މެޗު ނިމިގެން ދިޔައީ ހަތަރުވަނަ ކުއާޓާގައި އިންޑިއާއިން 94 ޕޮއިންޓް ހަމަކޮށްގެންނެވެ. ލަންކާއަށް ލިބުނީ 62 ޕޮއިންޓެވެ.   
މި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމު އިންޑިއާއިން މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދެއްކިއެވެ. މުބާރާތުގެ ފައިނަލާއި ހަމައަށް އިންޑިއާ ދަތުރުކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. 
މި މުބާރާތުގެ އަންހެން ފިރިހެން ޑިވިޝަނުގެ ރަނަރަޕް ޓީމަކީ ސްރީލަންކާއެވެ. 
މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ތިންވަނަ ހޯދީ ބަނގްލަދޭޝްގެ މައްޗަށް ކުރި ހޯދައިގެން ދިވެހިރާއްޖެއެވެ. ފިރިހެން ޑިވިޝަނުގައި ރާއްޖެ ބަލިކޮށް 3 ވަނަ ހޯދީ ބަނގްލަދޭޝްއެވެ.