ޚަބަރު

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތާ ގުޅުނު އެއަރލައިންތަކުގެ އަދަދު 17އަށް


  • ދުނިޔޭގެ 23 މަންޒިލަކަށް ރާއްޖެއިން މުދާ ދަނީ ފޮނުވަމުން

  • މި ޚިދުމަތައް 1 އަހަރު ވީއިރު 2 މިލިޔަން ކިލޯގެ ކާގޯ ވަނީ އުފުލާފަ

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތައް ބައިނަލްއަޤްވާމީ 17 އެއަރލައިނަކުން މިހާރު ގުޅިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓްއިން ވިދާޅުވެއްޖެއެވެ.

ސީ-ޓު-އެއަރ ކަރގޯ ޚިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމްއޭސީއެލް އާއި، އެމްޕީއެލް ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ.

މި ޚިދުމަތަކީ މި ސަރުކާރުން ރާއްޖޭގައި މުޅިން އައު ޚިދުމަތެއްގެ ގޮތުގައި ފެށި ޚިދުމަތެކެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތަށް އަހަރެއްގެ ތެރޭގައި މީގެ ނަތީޖާ ވަރަށް ރަނގަޅުކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ފަށާފައިވަނީ 15 މެއި 2024 ގައެވެ. ފުރަތަމަ މި ޚިދުމަތައް ގުޅިފައިވަނީ ޓާކިޝް އެއަރލައިނެވެ.

އެމްއޭސީއެލްއިން ވިދާޅުވީ ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތައް މިހާރު ބައިނަލްއަޤްވާމީ 17 އެއަރލައިނަކުން ގުޅިފައިވާކަމަށެވެ. އަދި ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން ފޮނުވާ ކާގޯ ދުނިޔޭގެ 23 މަންޒިލަކަށް ފޮނުވަމުންދާކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިސާދަށް އެތައް މިލިޔަނަށްވުރެ ގިނަ ޑޮލަރު ވަދެފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މި ޚިދުމަތައް 1 އަހަރު ވީއިރު 2 މިލިޔަން ކިލޯގެ ކާގޯ ވަނީ އުފުލާފައެވެ.

ސީ-ޓު-އެއަރ ކާގޯ މިމަސައްކަތަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ، އަދި މިމަސައްކަތުން އެގައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.