މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިންނަށް އެ ކުލަބުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އެމެރިކާގެ އިންޓަ މަޔާމީގެ އެއް ހިއްސާދާރު ބުނީ ޔުނައިޓެޑުން މިހާރު އޭޝިއާ އަށް ކުރަމުންދާ ދަތުރުގައި ކުޅޭ މެޗުތަކުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދާ ގިން ކަންތައްތަކަކީ އެއް ގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
މެލޭޝިޔާގައި ކުޅުނު މެޗުން ބަލިވުމުން އަމަޑް ދިއާލޯ ވަނީ ސަޕޯޓަރުންނާ ދިމާލަށް އިނގިލިން ހުތުރު ވައްތަރު ޖައްސައިފަ އެވެ. އަދި ފަހުން ބުނީ މި އަމަލާމެދު އެއްވެސް ވަރަކަށް ދެރަ ނުވާ ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނަނީ އޭނާ ރުޅި ގަދަވީ ބައެއް ސަޕޯޓަރުން އޭނާގެ މަންމައާ ދިމާލަށް ހުތުރު އެއްޗެހި ކިއުމުން ކަމަށެވެ.
ހުކުރުދުވަހު ދިމާވި އަނެއް ހާދިސާ އަކީ އަލެހަންދްރޯ ގަނޯޗޯގެ ފޮޓޯ ނަގަމުންދިޔަ ސަޕޯޓަރުން ދިމާލަށް ވައްތަރު ޖެއްސުމެވެ.
ބެކަމް ބުނީ ކުޅުންތެރިން ތިބެންވާނީ އަބަދުވެސް ކަންކަމާ ދިމާވާނެ ކަމަށް ވިސްނައިގެން ކަމަށާއި ނަމަވެސް ކުލަބުގެ އަގު ހިފެހެއްޓުމަކީ ކުޅުންތެރިން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ހުސްވި ސީޒަން ޔުނައިޓެޑުން ނިންމާލީ އިނގިރެސި ލީގުގެ 15 ވަނާގަ އެވެ. މިއީ ފާއިތުވެދިޔަ 20 އަހަރު ވެސް އެ ކުލަބުގެ އެންމެ ނަތީޖާ ދަށް ސީޒަނެވެ.