ޚަބަރު

އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި


  • 5.3 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައިގެން ތަރައްޤީކުރާނެ

  • ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމްކުރާނެ

ބ. އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރުއެވެ.

މި އެއްބަސްވުމުގެ ދަށުން 5.3 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައިގެން މަގުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމްކުރުމާއި ރޯޑް މާރކިން އަދި ސައިން ބޯޑްތައް ހަރުކުރުން ހިމެނެއެވެ. މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 75.6 މިލިޔަން ރުފިޔާއަށެވެ. (ކޮންޓްރެކްޓް އަގު: 75,688,000.78 ރުފިޔާ.)

މީގެ ކުރިންވެސް އޭދަފުށި މަގު ހެދުމުގެ މަޝްރޫޢުއެއް ވަނީ ކުރިއަށްގެންގޮސްފައެވެ.