ބަނގުރަލުގެ އޮޕަރޭޝަނެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭ ރީތިގަސްމަގުން ކާރަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ގ. ލާމިގެ އުމުރުން 46 އަހަރުގެ މުޙައްމަދު އުޝާނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ރޭ ދަންވަރު ހިންގި މި އޮޕަރޭޝަނުގައި އެމީހާ ހައްޔަރުކޮށް، އަމީން އެވެނިއު މެޕަލް ކުރިމަތިން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު ކަޅުކުލައިގެ ކޮތަޅުތަކެއްގައި ހުރި ފޮށިގަނޑުތަކެއް ކާރުގެ ޑިކީ ތެރެއިން ފެނިފައިވާކަމަށެވެ. އަދި އެ ފޮށިގަނޑުތައް ބަލައި ފާސްކުރިއިރު 84 ފުޅި ބަނގުރާ ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން، ކާރު ދުއްވި މީހާ ހައްޔަރުކޮށް އެ ކާރު ވަނީ ޓޯވކޮށްފައެވެ. މި މައްސަަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.